ދިރާގުން މި ރޯދަ މަހު މާލެ އާއި ރާއްޖޭގައި އެކި ހިސާބުތަކުގައި ބާއްވަމުންދާ ގުޑިފެސްޓު މިއަދު ހަވީރު ހުޅުމާލޭގައި އޮންނާނެ އެވެ.
ދިރާގުން މި ހަރަކާތް ހުޅުމާލޭގައި ބާއްވަނީ އެޗްޑީސީއާ ގުޅިގެން ކަމަށެވެ. މި ހަރަކާތް އޮންނާނީ ހުޅުމާލެ ފޭސް 2ގެ އެންޓްރެންސްގައި އޮންނަ ދިރާގު ބީޗުގައި ހަވީރު 5:00 އިން 6:00 އަށެވެ. މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުޑަކުދިންނަށް ބައިވެރިވެވޭނެ އެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ދިރާގުން ހިލޭ ގުޑިއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ ގުޑިފެސްޓް އަކީ ރޯދަ މަހު ދިވެހީންގެ މެދުގައި ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި އޮތް ގުޑި އެރުވުމުގެ ހަރަކާތަށް ކުޑަކުދިން އަހުލުވެރިކޮށް، އެ ސަގާފަތް ދިރުވުމެވެ.
ދިރާގުން ގުޑި ފެސްޓު ހަރަކާތް ފެށީ މި ދިޔަ އަހަރު އެވެ. މި ފެސްޓުގެ މި އަހަރުގެ ފުރަތަމަ ހަރަކާތް މި ދިޔަ ހަފްތާގައި މާލޭގެ އުސްފަސްގަނޑުގައި ވަނީ ބާއްވާފަ އެވެ. އެ ހަރަކާތަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް ދިރާގުއިން ފާހަގަކުރެ އެވެ.
މިއަދު ހަވީރު ހުޅުމާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ