ޕޮލިޓެކްނިކުން ޤައުމަށް ބޭނުންވާ އެކި ދާއިރާތަކުން 431 ދަރިވަރަކު ތަމްރީންވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކުން ޣައުމަށް ބޭނުންވާ އެކި ދާއިރާތަކުގެ ހުނަރުވެރި 431 ދަރިވަރަކު ތަމްރީންވެއްޖެއެވެ.
މޯލްޑިވިސް ޕޮލިޓެކްނިކްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު 19 ސެޕްޓެންބަރ ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ވަނީ ބާއްވާފައެވެ.
މި ރައްސްމިއްޔާތުގައި ގްރެފިކް ޑިޒައިން، އިލެކްޓްރިޝަން، އިންޖީން ރިޕެއަރ، އޮފިސް މެނޭޖްމަންޓް، ވުޑް ޓަރނިންގ، ފެޝަން ޑިޒައިން، އާޓިޓްކްޗަރ ފަދަ އެތަށް ދާއިރާއެއްގެ ކޯސްތަކަކުން ދަސްވެނިވެފައެވެ. މި އަހަރު ޕޮލިޓެކްނިކުން ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، ސ. ހިތަދޫ، ގއ. ވިލިނގިލި، ގދ. ގައްދޫ އަދި ހއ. ދިއްދޫ ކެންޕަސްގެ ދަރިވަރުންވެސް ހިމެނެއެވެ.
މި އަހަރު ޕޮލިޓެކްނިކުން 431 ދަރިވަރުން ދަސްވެނިވެފައިވާއިރު، 324 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ. އަދި އަންހެން ދަރިވަރުންގެ އަދަދަކީ 107ކެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި، އެކި ދާއިރާތަކުން ތަމްރީނުވެފައިވާ 22 ދަރިވަރުން ވަނީ ޙާއްސަ އެވޯޑް ހާޞިލުކޮއްފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ މުއްޠަލިބެވެ. އެ މަނިކުފާނުގެ ވާހަކަ ފުޅުގައިވެސް ޓެކްނިކަލް ދާއިރާތަކުން ޤައުމަށް ޙިދުމަތް ކުރާނެ ޒުވާނުން ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިސްކަންދެއްވާކަން ފާހަގަކުރައްވާ، އެދާއިރާތަކުން ޒުވާނުން ތަމްރީންކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ ދިގުތާރީޙެއް އޮތް އިންސްޓިޓިއުޓެކެވެ. 1975ވަނަ އަހަރު ވީ.ޓީ.ސީގެ ނަމުގައި އުފެދުނު މި މަރުކަޒު މިއަދު މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން (12 އެޕްރީލް 2010 ) ވަނަ އަހަރު "މޯލްޑިވްސް ޕޮލިޓެކްނިކް" ނަމަށް ބަދަލްކުރެވި ވޮކޭޝަނަލް ޓްރެއިންނިންގ ކޯސްތައް ހިންގުމަށް މަތިކުރެވިފައެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ