ހެރޮއިން އެތެރެކުރި މައްސަލާގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރާއްޖެ އަށް ހެރޮއިން އެތެރެކުރި މައްސަލާގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 17 ވަނަ ދުވަހު ރާއްޖެ އަށް ވައިގެ މަގުން ހެރޮއިން އެތެރެކުރަން އުޅުނު މީހަކު އަތުލައިގަތްކަން އިމިގްރޭޝަނުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އަތުލައިގަތީ 349ގ ހެރޮއިންނެވެ.
މި މައްސަލާގައި ބަންދުކުރި މީހާގެ މައުލޫމާތު ފުލުހުން މިއަދު އާންމުކުރި އިރު، ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ އަބްދުﷲ ސާދިގު ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލާގައި އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އިއްޔެ އިމިގްރޭޝަނުން އާންމުކުރި މައުލޫމާތުގައިވާގޮތުން ޖެހިގެން އައި ދުވަހު ވެސް 8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި އާންމުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ