އިގްތިސާދު ސިންދަފާތުކުރުމަކީ ސިޑްސްގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭކަމެއް: ރައީސް

އިގްތިސާދު ސިންދަފާތުކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫންކަމަށާއި، އެއީ ސިޑްސްގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޑްސްގެ ގައުމުތަކުގެ އިގްތިސާދުތައް ބަރޯސާވެފައިވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ."އިގްތިސާދު ސިންދަފާތުކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫން، އެއީ ސިޑްސްގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭކަމެއް. އަދި އެކަން ކުރެވޭނީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން،" ރައީސް ވިދާޅުވިއެވެ.މީގެއިތުރުން، ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތުކުރުމަށް މާލީ އެހީ ބޭނުންވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ، ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭން މަސައްކަތްކުރަން ޖެހޭކަމަށްވެސް ރައީސުލައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ."ބިލްޑިން ރެޒިލިއަންޓް ފިއުޗަރ: ދަ ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ގެ ނަމުގައި ބޭއްވުނު މި ބައްދަލުވުމަކީ، އދ.ގެ އާންމު މަޖިލީހުގެ ކުރިން ބާއްވާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ސިޑްސް ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ މާލީ ހާލަތާއި އެކަމުގައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ