ކާފިއު ގަޑިތަކުގައި ދިވެހިން މަގުމައްޗަށް ނުނިކުތުމަށް ލަންކާގައި ހުންނަ ހައިކޮމިޝަނުން އިލްތިމާސްކޮށްފި

ލަންކާގައި ކާފިއު އިއުލާންކޮށްފައިވާ ގަޑިތަކުގައި، އެ ގައުމުގައި ތިބި ދިވެހިން ބޭރަށް ނިކުމެ ނޫޅުމަށް ރާއްޖޭގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ލަންކާގެ ރިޔާސީ އިންތިޚާބު މިއަދު ބާއްވާފައިވާއިރު، އިންތިޚާބުގެ ނަތީޖާ ގުނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
އެ ގައުމުގެ ފުލުހުން ވަނީ މިރޭ 10:00ން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ކާފިއު އިއުލާންކޮށްފަ އެވެ. އެކަމާ ގުޅިގެން ހައިކޮމިޝަނުން ކުރި ޓުވީޓުގައި ވަނީ އެ ގަޑިތަކުގައި ދިވެހިން މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކޮށްފަ އެވެ. އެކަމަކު ކުއްލި ހާލަތުގައި ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަ ހައިކޮމިޝަނަށް އަންގަން ވެސް އެދިފައިވެ އެވެ.
ލަންކާގެ އިންތިޚާބު މިއަދު ކުރިއަށް ދިޔައިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އެކަމަކު މި ކާފިއު އިއުލާންކޮށްފައި ވަނީ އެންމެންގެ ސަލާމަތައްޓަކާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ