އެންމެ އިސްކަން ދޭނީ ޕްރޯމޯލްޑިވްސް ޕޮލިސީ ކުރިއަށް ގެންދަން: ރައީސް

"އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައި ވެސް އަބަދުވެސް އެންމެ އިސްކަން ދޭނީ ދިވެހިރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޕްރޯ މޯލްޑިވްސް ޕޮލިސީ ކުރިއަށް ގެންދަވަން ކަމުގައި ރައީސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ، އދ ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދެއްވި ހިތާބު ގަ އެވެ. އދ ގެ މައި މަރުކަޒުގެ ކައިރީގައި ހުންނަވާ ދެއްވި ވީޑިއޯ ހިތާބުގައި ރައީސް ވަނީ އދ އަކީ ދުނިޔޭގެ މައި މަޖިލީސް ކަން ފާހަގަ ކުރައްވާ އެ މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.ރައީސް ވިދާޅުވީ އދ ގައި ދިވެހި ގައުމުގެ ބަސް ވިކެން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އަކީ މުޅި ދުނިޔޭގައި އިހްތިރާމް ލިބިގެންވާ ގައުމަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އެކަން ކުރެވޭނީ އދ ގެ މަޖިލީހުގައި ހިންގޭ ބަހުސްތަކުގައި ބައިވެރިވެ ދިވެހީންގެ އަޑު އުފުލައިގެން ކަމުގައި ވިދާޅުވި އެވެ.ރާއްޖެ އަކީ އެހެން ގައުމުތަކަށް އިހްތިރާމް ކުރާ އަދި އެ ގައުމުތަކުގެ އިހްތިރާމް ލިބޭ ބަޔަކަށް ވާން ޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އދ ގައި ކުރައްވާނެ އެންމެ މުހިންމު މަސައްކަތަކީ ދިވެހީންގެ އަޑު އިއްވައި ދިނުން ކަމުގައި ވިދާޅުވި އެވެ."އަޅުގަނޑު ދިވެހިރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ މާތްﷲގެ ވާގިފުޅާ އެކު އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައި ވެސް އަބަދުވެސް އެންމެ އިސްކަން ދޭނީ ދިވެހިރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް. ދިވެހި ރައްޔިތުންގެ މިނިވަން ކަމަށްޓަކައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްކަން، އާދެ! ޕްރޯ މޯލްޑިވްސް ޕޮލިސީ ކުރިއަށް ގެންދަން ކަން،" ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ