ޑްރަގް އެތެރެކުރަން އުޅުނު ދޮށީ އުމުރުގެ މީހާގެ ވަނަވަރު ނެރެފި

އަބްދުﷲގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދޮށީ އުމުރުގެ ދިވެހި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
އެ މީހާ ވީއައިއޭ އިން ހިފަހައްޓާ ހައްޔަރު ކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ.މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 65 އަހަރުގެ މީހެކެވެ. ފުލުހުން މިއަދު ވަނީ އެމީހާގެ ވަނަވަރު އާންމުކޮށްފަ އެވެ. ސ. ހިތަދޫ ވެހެތާނުގެ އަބްދުﷲ ސާދިގު ރާއްޖެތެރެކުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 349 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.އަބްދުﷲގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.ދޮށީ އުމުރުގެ މީހުންނަށް އޮޅުވާލައިގެން ވެސް ބައެއް މީހުން އެމީހުންގެ އަތަށް ޑްރަގް އަޅާ ޕާރުސަލާއި އެ ނޫންތަކެތި ދީގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ