ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ޝާޒް ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކުރައްވައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެ އާއި ގުރައިދޫ ދާއިރާގައި މީހުން ދިރިއުޅޭ ތިން ރަށުގައިވެސް ކުރިއަށް ގެންދިޔައެވެ.
ޝާޒްއާ ވާދަ ކުރެއްވީ ޢަބްދުﷲ ސައީދާއި، މުޙައްމަދު މުސްތަފާ އަދި ސަލްމާން ރަޝީދުއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވާއިރު، އިންތިޚާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.
އޭނާ އަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެކެވެ. އެ ޕާޓީގެ ފަރާތުން މި އިންތިޚާބުގައި ވާދަ ކުރައްވާނީ، މެންބަރު ރިޒާގެ ކޮއްކޮ ހުސައިން ރިޒާއެވެ.
އަދި އެމްއެންޕީގެ ޓިކެޓް ވަނީ އަލީ އާރިފް ކިޔާ ބޭފުޅަކަށް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ