ރައީސް ނަޝީދު މަގާމުން ވަކިކުރަން ރައީސް ޞާލިހަކަށް ނުކެރޭވެ: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅީ މަޖިލިސް ޗުއްޓީއާ ދިމާކޮށް ކަމަށާއި އެ މަގާމުން ނަޝީދު ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި، 54 މެމްބަރުން ސޮއިކޮށްފައިވާ ގަރާރެއް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ
މައްސަލަ މަޖްލީހަށް ހުށަހެޅީ، އިޖްރާޢަތް ތަކުގެ ދަށުން
އެމައްސަލަ އެޖެންޑާ ކުރަން ދުވަސް ގުނާއިރު މަޖްލިސް
ޗުއްޓީއާ ދިމާވާގޮތަށް ކަމަށެވެ.
Advertisement
ނަޝީދު ވަކިކުރަން ރައީސް ޞާލިހަށް ކެރިވަޑައި ނުގަންނަވާނެ ކަމަށާއި، އެ މައްސަލަ ހުށަހެޅީ 'ވިކޭ މެމްބަރުންކޮޅެއް' ރުއްސަން ކަމަށް އާޒިމް ވިދާޅުވިއެވެ.
ޗާގޯސް މައްސަލައިގައި އުފައްދަފައިވާ ކޯލިޝަންއިން ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތް ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއި ކުރެވުނު ޕެޓިޝަންގައި ސޮއި ކޮށްފައި ވާތީ، އެމްޑީޕީގެ މެމްބަރުކަމުން އާޒިމް ވަކިކުރީ މިދިޔަ މަހުގެ މެދުތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ