އިންތިހާބަށް ކުރިމަތިލާތީ ކޯލިޝަން ހެދެން ނެތްކަމަށް ގާސިމް ރަސްމީކޮށް ދަންނަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާތީ، ކޯލިޝަން ހެދެން ނެތްކަމަށް ގާސިމް އިބްރާހިމް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދަންނަވައިފިއެވެ.
ކޯލިޝަން ހެދުމުގެ ދައުވަތު ސިޓީ އެމްޑީޕީން ޖޭޕީއަށް ފޮނުވާފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.
އެ ސިޓީގެ ޖަވާބެއްގެ ގޮތުން އިއްޔެ ގާސިމް ފޮނުންވެވި ސިޓީގައި ވިދާޅުވީ، ދެއްވި ދައުވަތަށް ޝުކުރު އަދާކުރާ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމެވުން ތަންފީޒުކުރަން ސާބިތުވެ ހުންނެވި ކަމަށެވެ.
Advertisement
ގާސިމް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބާއި 2008 ވަނަ އަހަރުގެ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތް ކޮށް އަދި އެކަން ފުރިހަމަޔަށް ހާސިލު ކޮށްފައި ވާނެ ކަމަށެވެ.
"ނަމަވެސް މަނިކުފާނުގެ ޒައާމަތުގައި އެކަންކަމާ މެދު މިހާތަނަށް އަމަކު ކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން، މި އަހަރު ފެބްރުއަރީ 24-23 އަށް ބޭއްވި މި ޕާޓީގެ ކޮންގްރެސްގައި ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ކެނޑިޑޭޓެއް ނެރުމަށް ގަރާރެއް ހުށަހެޅި، އެކަމާ ބަހުޘްކޮށް، އެ ޤަރާރު ވަނީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފައެވެ" ގާސިމްގެ ސިޓީގައި ވިދާޅުވިއެވެ.
ގާސިމްއަށް އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުން އޮންނާނީ މިރޭ 8:30ގައި އަލިމަސް ކާނިވަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ