ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން މަސައްކަތް ކުރަމުން ދިޔަ ކޮންޓްރެކްޓަރއެއް އެސަރަހައްދު ކޮނުމުގެތެރޭ ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުންވެފައިވާ ކޭބަލް މަރާމާތު ކުރުމަށްފަހު މިހާރު ކަރަންޓުގެ ހިދުމަތް ނުލިބި ހުރި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ