ޢީދަށް މާލެ ދިއްލާނެ ބޮކި ހޯދަން އިއުލާނު ކޮށްފި

ކުރިއަށް އޮތް އަޟްޙާ ޢީދަށް މާލޭގެ ތަންތަން ދިއްލުމަށް ބޭނުންވާނެ ބޮކި ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ އިއުލާނެއްގައި ބުނީ މާލެތެރެ އަޟްޙަ ޢީދަށް ޒީނަތްތެރި ކުރުމަށް ލައިޓް ބޭނުންވާ ކަމަށެވެ.
އަދި l އެ މަސައްކަތް ކައުންސިލަށް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި އަގު ހުށަހަޅަން ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ގޮސް ބީލަމާއި ގުޅޭ ކަންކަން ސާފުކޮށް ބީލަން ހުށަހެޅޭނެ ކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.  
މިކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 29 މޭ ގައި ކަމަށާއި އަގު ހުށަހެޅުން4 ޖޫން ގައި އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
Advertisement
ޢީދަށް މާލެ ދިއްލަން ބޭނުންވާ ލައިޓް ފޯރު ކޮށްދޭން ކައުންސިލުން ހުޅުވާލި ބީލަމުގައި ބައިވެރި ވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ފަރާތްތަކަށެވެ.
ޢީދު ދުވަހު މާލޭގައި 100 ބަކަރި ކަތިލައި އޭގެ މަސް ބެހުމަށްވެސް ސިޓީ ކައުންސިލުން ވަނީ  ނިންމައި ފައެވެ. އަދި އެކަމަށް ބޭނުންވާ ބަކަރި ހޯދަން ވެސް ވަނީ އިއުލާނު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ