ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ރައީސްއަށް އެ މެމްބަރުން މަޤާމުން ވަކިވެސް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެ މަނިކުފާނުގެ ނުރަސްމީ ޓްވިޓަރ އެކައުންޓް "އެލެކްސް އަޙްމަދު"އިން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ، އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު، ޖޭޕީގެ ވަފްދަކާ އިއްޔެ ބައްދަލު ކުރެއްވުމުން، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުގެ މެމްބަރުން ދަނީ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވަކި ކުރަން ގޮވައިލައްވަމުންނެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަޤާމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ ބޭފުޅުންނަކީ ވަޒީފާގެ ބިރަށް ޒަމީރު ވިއްކަވާނެ ބޭފުޅުންނެއް ވެސް ނޫން ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައީީސް ޞާލިޙާ ދެކޮޅު މެމްބަރުންނާމެދު ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވަނީ ވިދާޅުވެފައެވެ.
ރައީީސް ނަޝީދު، ރައީސް ޞާލިޙަށް: ދެކޮޅު ވިޔަސް މަޤާމުން ވަކި ނުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ