ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕީޕީއެމުން ކެމްޕެއިންކުރަން ފަށައިފި

ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު އަލްއުސްތާޛު ޙުސައިން ރިޒާގެ ކެމްޕެއިން މަސައްކަތް މިއަދު ޕީޕީއެމުން ފަށައިފިއެވެ.
ޙުސައިން ރިޒާއަށް ތާއީދު ހޯދައިދިނުމަށް ޕީޕީއެމުން ފެށި ކެމްޕެއިނުގައި ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނާއި ކެނޑިޑޭޓު މިއަދުވަނީ އެ ދާއިރާގައި ހިމެނޭ ގުޅިއަށް ވަޑައިގެން އެ ރަށުގައި ގެއިން ގެއަށް ވަޑައިގެން އާންމުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި އާންމުންގެ ވިސްނުން އެކި ކަންކަމާމެދު ހުރި ގޮތް އޮޅުންފިލުއްވުމާއެކު ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ހޯދުމުގެ މަސައްކަތްކޮށްފައިވެއެވެ.
ޕީޕީއެމްގެ ކެނޑިޑޭޓު ހުސައިން ރިޒާގެ އިތުރުން ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަނީ ޕީޕީއެމްގެ ނައިނު ލީޑަރުންކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމާއި ޕީއެންސީގެ ނައިބުރައީސް ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލަރު އިބްރާހީމް ޝުޖާއުއެވެ.
އަންނަ އޭޕްރީލު މަހުގައި އޮންނަ ބައި-އިލެކްޝަނުގައި ވާދަކުރަނީ ޕީޕީއެމްއާއި އެމްޑީޕީ އަދި އެމްއެންޕީއެވެ. އެ ޕާޓީތަކުގެ ކެނޑިޑޭޓުންގެ ކެނޑިޑޭޓު ނަންބަރު ތަރުތީބުކޮށް އިއުލާނުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ