ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން ޝާންގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި އެވެ.
ރާއްޖޭގައި އުޅުނު ކެންޔާ އަންހެނަކަށް 2020 ވަނަ އަހަރު ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. ގަމު ތުނޑި، ނޫރަންގޭ ޝާންގެ މައްޗަށެވެ.
އިތުރު ދެ މީހަކަށް ދައުވާކުރަން އެދުނަސް, ޕީޖީން ނިންމާފައި އޮތީ އެ ދެ މީހުންނަށް ދައުވާ ނުކުރުމަށެވެ.
ޝާންގެ މައްޗަށް ކުރި ދައުވާ ހުޅުމާލޭ ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ބޭރުކޮށްލީ މައްސަލަ ކުރިއަށް ގެންދެވޭ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.
އެ މައްސަލާގެ ތުހުމަތުގައި ޝާން އާއި އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އިރުތަކެއް ނުވަނީސް ބަންދުން ދޫކޮށްލި އެވެ. އެކަމާ ހެދި ފާޑުކިޔުންތަކެއް ފުލުހުންނާއި ސަރުކާރަށް އަމާޒުވި އެވެ. އަދި ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ތުހުމަތުކުރި އެވެ.
ސަފާރީ ރޭޕް ކޭސް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ