މުދާ ކްލިއާ ކުރަން އުޅެނިކޮށް ކޮންޓެއިނަރެއް ވެއްޓި، ބޮޑު ގެއްލުމެއް!

ހދ. ކުޅުދުއްފުށީ ޕޯޓުގައި މުދާ ކްލިއާ ކުރުމުގެ ތެރޭގައި ކޮންޓެއިނާއެއް ވެއްޓި ބޮޑު ގެއްލުމެއް މިއަދު ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮންޓެއިނަރު އުފުލުމުގެ ތެރޭގައި ކްރޭނުގެ ވާގަނޑު ކަނޑައިގެން ގޮސް، ދޯންޏަށް ކޮންޓެއިނަރު ވެއްޓިގެން ހެނދުނު 10:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނަސް އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 
މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނީ ކޮންޓެއިނަރާއި ދޯންޏަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. 
އޭގެ ތެރެއިން، ދޯނީގެ އެކި ތަންތަން ފަޅައިގެން ގޮސް، ކޮންޓެއިނަރުގެ ތެރޭގައި ހުރި މުދަލަށް ގެއްލުން ލިބިފައިވެ އެވެ. 
"ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ