ރައީސް ވައުދުވިގޮތަށް މެނިފެސްޓޯޯ ތަންފީޒު ކުރާނެ: މެމްބަރު އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މެނިފެސްޓޯގައި ހުރި ކަންކަން އެމަނިކުފާނު ތަންފީޒު ކުރައްވާނެކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު އެެހެެން ވިދާޅުވީ ސަންގުޓީީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މެމްބަރު ވިދާޅުވީ، ގައުމުގައި ހިނގާ މައްސަލަތައް ބަލައި އެ މައްސަލަތަކަށް ހައްލެއް ގެނެއުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.  
މެމްބަރު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގައި ނުވެ ހުރި ކަނތައްތައް އެއް ދުވަހުން ނިންމާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި މި ފާއިތުވެދިޔަ އެއް އަހަރަކީ ކަމެއްނުކޮށް ދިޔަ އަހަރެއްކަމައް މީހުން ތުހުމަތު ކުރިނަމަވެސް، އެއީ ދޮގު ތުހުމަތުކަމަށް މެމްބަރު ވިދާޅުވިއެވެ.
އަދި ރައީސް ވަޢުދުވި ފަދައިން ފަސް އަހަރު ތެރޭގައި އެމަނިކުފާނު ހުށަހެޅުއްވި މެނިފެސްޓޯ ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މިގެ ތެރޭގައި ބޯހިޔާވަހިކަން ހިމެނޭއިރު، މިކަން ހާސިލުކުރުމަށް މީގެ ކުރިން އެހެން ސަރުކާރުތަކާ އަޅާބަލާއިރު ބޮޑު ބަޖެޓެއް ބޯހިޔާވަހިކަމަށް ހިމެނިފައިވާކަން ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ. އެގޮތުން 2 ބިލިޔަން ރުފިޔާ ބޯހިޔާވަހިކަމަށް ކަނޑައެޅިފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، މިސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވަޢުދަކީވެސް ބޯހިޔާވަހިކަމުގެ މަޝްރޫރު ނިންމުންކަމަށް މެމްބަރު ވިދާޅުވިއެވެ.
ވައުދުވެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މި އަހަރު ހިންގަން ފަށައި ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮޖެކްޓުތަކަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާނު ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ