ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ
ހަދިޔާކޮށްފި އެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 105 ރަށަކަށް 360
އަށްވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފަ އެވެ.
ބީއެމްއެލްއިން މިފަހަރު ވީލްޗެއާ ހަދިޔާ ކުރީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކަށް އެންމެ ބޭނުންވާ ވައްތަރުގެ ވީލްޗެއާ ދެނެގަތުމަށް ފަހު އެވެ. މީގެތެރޭގައި އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާ އާއި ހާއްސަ
'މެނުއަލް' ވީލްޗެއާތަކެއް ހިމެނެ އެވެ.
މި ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ
އުޅުމުގައި އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި
މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެކެވެ.
މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ
ދަށުން، މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ދަށުން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ މަގުސަދަކީ ނުުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ
ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ބީއެމްއެލްއިން ވީލްޗެއާ ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ