ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން އެ ރަށް ކައިރިއަށް ރާޅާ އަޅަން މޫދަން އެރި އުޅުނު ސްޕެއިންގެ ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އުމުރުން 53 އަހަރުގެ އެ މީހާ ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:57 ހާއިރެވެ. އެ މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސްޕެއިންގެ ޓޫރިސްޓު މީހާ ގެނބުނު ރާޅުގަނޑަކީ "ބްލޫ ބޯލް" ގެ ނަން ދެވިފައިވާ ރާޅާއެޅުންތެރިންގެ މެދުގައި މަގުބޫލު ރާޅު ސްޕޮޓެކެވެ.
ވާދޫ ބްލޯ ބޯލްސްއަށް ރާޅާ އަޅަން އެރުނު ސްޕެއިންގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ