މަހުދީ ނިޔާވުމަކީ ހުރިހާ ރައްޔިތަކަށްމެ ލިބުނު ފުން ހިތާމައެއް: ރައީސް ބީއެމްއެލްގެ އާ ޕްރޮގްރާމްގެ ދަށުން 30 މުވައްޒަފަކު ޗާޓަޑް ބޭންކަރުންނަށް ހަދަނީ ބޯކޮށް ވާރޭވެހި ގެއްލުންވެދާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި ހޮހޮޅައަށް ފީނި ޓޫރިސްޓުން ހޯދަން ފިންލެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކޮށްފިއެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ މި ރިޕޯޓުގައިވާ ގޮތުން، ޑިސެންބަރު 31، 2024 ގެ ނިޔަލަށް ނިމުނު މާލީ އަހަރު މަޖިލީހުގެ އިދާރާއަށް ފާސްކޮށްދެއްވި ބަޖެޓުން ހާރަދުކޮށްފައިވަނީ ކަނޑައެޅިފައިވާ ކަންކަމަށް، ބަޖެޓުގެ މިންވަރުގެ ތެރޭގައެވެ. އަދި ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމް ގައި ހުރި ރިކޯޑުތަކާ ދެމެދު އެއްވެސް އުނިއިތުރުކަމެއް ނުވަތަ ފަރަގެއް ހުރިކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ.
މި އޮޑިޓް ރިޕޯޓްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މުހިންމު އަދަދުތަކަކީ:
2024 ވަނަ އަހަރަށް މަޖިލީހަށް ފާސްކޮށްފައިވަނީ ސިލިން ބަޖެޓެއްގެ ގޮތުގައި 206,444,627 ރުފިޔާ އެވެ. ނަމަވެސް ފައިނަލް ބަޖެޓުގެ ގޮތުގައި ހަމަޖެހުނީ 198,826,038 ރުފިޔާ އެވެ. ފާސްކުރެވުނު ބަޖެޓުގެ ތެރެއިން އަހަރުގެ ތެރޭގައި ޖުމްލަ ހަރަދުވެފައިވަނީ 190,161,253 ރުފިޔާ އެވެ. އެހެންކަމުން ބަޖެޓުން ބާކީވެފައިވަނީ 8,664,784 ރުފިޔާ އެވެ.
މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހަރަދުތައް ހިމެނޭހެން ރިކަރަންޓް ހަރަދަށް ޖުމްލަ 188,359,347 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ގޮސްފައިވަނީ މުވައްޒަފުންނަށް ހިނގި ހަރަދަށެވެ. އެއީ 135,082,708 ރުފިޔާ އެވެ.
އެކި އެކި ވަސީލަތްތައް ހޯދުމަށާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 1,801,907 ރުފިޔާ އެވެ. ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މަޖިލީހުގެ މާލީ ކަންކަން ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ