ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި ހަފުތާ ބަންދުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެފައި ވާތީ، މޫސުން އަލިވަންދެން މޫދު ކުޅިވަރާއި ކަނޑުމަތީގައި ހިންގާ އެހެން ހަރަކާތްތައް ވެސް މަޑުޖައްސާލަން އިލްތިމާސް ކުރާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި، މޫސުން ގޯސް ވެފައިވާ މި ދުވަސްވަރު ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯޓު މިހާރު ވެސް ވަނީ ލިބިފަ އެވެ.
އާންމުންގެ ރައްކާތެރިކަމަކީ ފުލުހުން އެންމެ އިސްކަމެއްދޭ ކަންތައް ކަމަށް ވާތީއާ އެކު، މެޓު އޮފީސް މެދުވެރިކޮށް މޫސުމާ ގުޅޭ މައުލޫމާތު ހޯދުމަށާއި ރިސްކު ނުނެގުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މި ހަފްތާ ބަންދުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މިވަގުތު ވެސް މެޓުން އޮތީ ހއ. އިން ލ. އަތޮޅާ ދެމެދަށް ވަައިޓް އެލާޓް ނެރެފަ އެވެ. އަދި ގއ. އިން އައްޑުއާ ހިސާބަށް ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ މޫދު ކުޅިވަރުތައް މަޑުޖައްސާލަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ