ކިންގްސްގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓީ ގާނޫނާ ހިލާފަށްކަމުގައި ސިވިލް ކޯޓުން ނިންމައިފިއެވެ.
ކިންގްސް ކެޕިޓަލުން ދައުވާކުރީ ބީއެމްއެލްުން އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމުގައި ކަނޑައެޅުމަށެވެ.
ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރިކުރާކަމުގެ މައްސަލައިގައެވެ. އެގޮތުން ބީއެމްއެލްއިން ކިންގްސްގެ އެކްއުންޓުތައް ހިފަހައްޓައިފައިވަނީ ގާނޫނާ ހިލާފަށް ކަމުގަޢއި އެކަމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ކިންގްސްއަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކުންފުނީގެ އެކައުންޓްތައް ބީއެމްއެލުން މިދިޔަ އަހަރު ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓާފައިވަނީ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމެއްގައި، ގިނަ ބަޔަކު ބައިވެރިވެ ފައިސާ އިންވެސްޓްކޮށްފައިވަނިކޮށެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށެވެ. އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާނެ ކަމުގައި ހުކުމުގައިވެ އެވެ.
އެގޮތުން ބީއެމްއެލްގެ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމަކާ ޚިލާފްވެއްޖެނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާތީ، ކިންގްސް ކުންފުނީގެ ފައިސާ ހިފަހައްޓާފައިވާ 14 ދުވަހުގެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏަށް ދައުވާ ކުރެވޭނެކަމުގައެވެ.
އެކައުންޓްތައް ހިފެހެއްޓުމާ އެކު، ކުންފުނިން ހިންގި ސްކީމަށް ފައިސާ އިންވެސްޓްކުރި ގިނަ މީހުންނަށް އޭގެ ފަހުން ފައިސާ ނުލިބޭކަމުގައާއި
އެ މައސަލާގައި ކިންގްސްގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ހިނގަމުންދާކަމުގައިވެއެވެ.
ސިވިލް ކޯޓުން މި މައްސަލަ ނިންމައިފައިވަނީ ކިންގް ކުންފުންޏާއި އެއްކޮޅަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a152029f7c940d952c56c8292dcfda2a" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
ކިންގްސް ކުންފުނީގެ މައްސަލާގައި ކޯޓުން ނިންމީ އެކުންފުންޏާއި އެއްކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ