ގެންނަން އުޅެނީ ބަރުލަމާނީގެ ކޮން ވައްތަރެއް؟: ނިހާދު

ވެރިކަމުގެ ނިޒާމުގައި ހިމެނޭ ބަރުލަމާނީގެ އެކި ވައްތަރު އޮންނަ ކަމަށާއި ރާއްޖެ އަށް ގެންނަން އުޅެނީ ކޮން ވައްތަރެއްތޯ ސާފެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އޭނަ ނިސްބަތްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން ވަކާލާތުކުރައްވާތީ އެކަމާ ގުޅޭ ވޯޓެއް ނަގަން ތަކުރާރުކޮށް ވާހަކަ ދައްކަވާތީ އެކަމާ ގުޅުވައިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީއާ ގުޅުވާފައި ހެޔޮވެރިކަމޭ ބުންޏަސް ރައްޔިތުންނަށް ސާފެއް ނުވާނެ ކަމަށެވެ. އެހެންވެ ކަމުގެ ހަގީގަތް އެނގިގެން ނޫނީ އަދުގެ ދިވެހިންގެ ތާއީދެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
Barulamaanee akee verikan kurumuge Nizaam akah Kiyaa nameh! Dhuniyeyge Eki gaumu thakugai othee Barulamaanee ge Eki vaththatu! Raajje ah gennaan ulhey Barulamaanee akee kobai baa? Heyo veriKamuge Nizaam ey bunnas saafeh Nuvey! Engigen noonee Adhuge dhivehin Thaaeedh nukuraane!
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 5, 2022
"ބަރުލަމާނީ އަކީ ވެރިކަމުގެ ނިޒާމަކަށް ކިޔާ ނަމެއް. ދުނިޔޭގެ އެކި ގައުމުތަކުގައި އޮތީ ބަރުލަމާނީގެ އެކި ވައްތަރު،" އޭނާ ވިދާޅުވި އެވެ. "ރާއްޖެ އަށް ގެންނަން އުޅޭ ބަރުލަމާނީ އަކީ ކޮބައިބާ؟"
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެ އެވެ. އަދި އެފަދަ ވޯޓަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ވެސް ލިބޭނެ އެވެ. ނަޝީދު ތަކުރާރުކޮށް ނިޒާމީ ވޯޓެއްގެ ވާހަކަ ދައްކަވަމުން ގެންދަވާ އިރު، އެކަމާ ގުޅުވައިގެން އެންމެ ފަހުން ވިދާޅުވީ އެފަދަ ވޯޓެއްގެ ވާހަކަ އެމްޑީޕީގެ 2018 ގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ