ފެނަކަ ކޯޕަރޭޝަނުން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ފެނަކައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ފެނަކައިން ވަނީ ޒަމާނުއްސުރެ އެންމެ ފަހުގެ ޒަމާނީ އިންޓަނޭޝަނަލް ސްޓެންޑަޑްތަކަށް ފެތޭ މީޓަރު ޓެސްޓު ބެންޗެއް ހޯދައި ކަރަންޓު މީޓަރު ޓެސްޓުކުރެވޭ ފެސިލިޓީއެއް ގާއިމުކޮށްފަ އެވެ.
ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތަށް އެދި މިއަދުން ފެށިގެން ހުށަހެޅޭނެ އެވެ. ހިދުމަތް ހޯދަން ހުށަހަޅަން ޖެހޭނީ އެ ކަމަށް އެދޭ ފޯމަކުންނެވެ. އެ ފޯމު ފެނަކައިގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި މީޓަރު ޓެސްޓުކުރުމަށް ރިކުއެސްޓް ލިބޭތާ 6-3 ގަޑިއިރުގެ ތެރޭގައި މީޓަރު ޓެސްޓުކޮށް ނިމޭނެ އެވެ.
ފެނަކައިން ބުނީ, އެ ކުންފުނިން މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެށުމުން މުޅި ރާއްޖެ މީޓަރު ޓެސްޓުކުރުމަށް އެއް ފަރާތެއްގެ މައްޗަށް ވެފައިވާ ބަރޯސާއަށް ނިމުމެއް އައިސް, ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ ކަމަށެވެ.
އަދި މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ހޯދުމަށް ރައްޔިތުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ, ހިދުމަތް އެދޭ ކަސްޓަމަރުންނަށް ހިދުމަތް އަވަސްވެ, ކަރަންޓުލުމުގެ ހިދުމަތް އަވަސް ވެގެންދާނެ ކަމަށްވެސް ބުންޏެވެ.
ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކޮށްދޭން ފަށައިފި، ރިކުއެސްޓް ލިބޭތާ 6-3 ގަޑިއިރު ތެރޭ ނިމޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ