ހުޅުމާލެ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނީ ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް އިއްޔެ ރޭ ފަތިހު 3:47 ހައިއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، ތަޅާލާފައިވަނީ ފޭސް 1ގައި ހުންނަ އަަޒީޒާ މޫސާ މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
އެނގުން މުހިންމު - މާލޭ މިސްކިތްތަކަށް ގެއްލުންދީ މިސްކިތްތަކުން ވައްކަން ކުރުން ފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. މިފަހުން ފުރުގާނު މިސްކިތުގެ ކުޑަދޮރެއް އަޅާލި މައްސަލައެއް ވެސް ފުލުހުން ބަލަން ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ