އެސްއޯއީތަކަށް ހަތަރު ބިލިއަންގެ ލޯނު

މިދިޔަ އަހަރު ނިމުނުއިރު، ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ތަކަށް ހަތަރު ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދޫކޮށްފައިވަ ކަމަށް ބަޖެޓުގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ބަޖެޓް ބަޔާނުގައިވާ ގޮތުން އެއީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ. ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ކަނޑައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން ވަނީ ލޯނުގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ވެސް 630 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ސަރުކާރުން ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 3.2 ބިލިއަން ރުފިޔާ އެވެ. އެކަމަކު އަހަރު ނިމުނު އިރު އެ އަދަދު ވަނީ 4.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ލޯނު ދޫކުރި ވަރު އިތުރުވީ އެސްއޯއީތަކަށް ކުރި ހޭދަ ބޮޑުވުމުންނެވެ.
އެސްއޯއީތަކަށް ކެޕިޓަލްގެ ގޮތުގައި ދޫކުރި ވަރު ވެސް ވަނީ މިދިޔަ އަހަރު ހަ ގުނަ އިތުރުވެފަ އެވެ. ބަޖެޓުގައި 366 ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި އޮތް ނަމަވެސް، އަހަރު ނިމުނު އިރު އެކި ކުންފުނިތަކަށް ވަނީ 2.2 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
އެހެންވެ، މިދިޔަ އަހަރު ލޯނާއި ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި އެސްއޯއީތަކަށް 7.2 ބިލިއަން ރުފިޔާ ބަޖެޓުން ހޭދަކޮށްފައިވެ އެވެ.
ސަރުކާރުގައި ތިރީހަކަށް އެސްއޯއީ އޮތް އިރު ފައިދާ ވަނީ ވަރަށް މަދު ކުންފުންޏަކުންނެވެ. އެ ކުންފުނިތަކަށް އެއް އަހަރުން އަނެއް އަހަރު ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ