ބެންކޮކްގެ ބާއެއްގައި ރޯވެ 27 މީހުން މަރުވެއްޖެ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ބާ އެއްގައި ރޯވެ، ބާރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން 27 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ. 
މި ހާދިސާގައި ގިނަ ބަޔަކު މަރުވީ، އަލިފާން ރޯވި ވަގުތު އެ ތަނުން ނުކުންނަން ހުރި ކުއްލި ހާލަތުގެ ދޮރުތައް ބަންދުވެފައި ހުރުމުން، ދުމުގެ އަސަރުކޮށް ބޭރަށް ނުނިކުމެވި ތާށިވުމުގެ ސަބަބުންނެވެ.
MU STORE
MGH Group of Companies
MU STORE
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އާދިއްތަ ދުވަހުގެ ރޭ 12 ހާއިރު އެ ޕަބުން ބޯ ދުންތަކެއް އަރަމުން ދިޔަ އެވެ. އަދި އެ ތަނުގައި ތިބި މީހުން ބިރުން ހަޅޭއްލަވަމުން ބޭރަށް ނުކުންނަން ދުވަމުން ދަނިކޮށް، އެ ތަނުގެ ދޮރަކުން ބާރުގަދަ އަލިފާންގަނޑެއް ބޭރަށް ފޭދިގެންދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވިދާޅުވީ، މިހާތަނަށް 27 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އަނިޔާވި އެހެން މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަންގެ ޑިޕާޓްމަންޓް އޮފް ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަންގެ ޑިރެކްޓަރު ސޫރިޔަޗައި ރަވީވަން ވިދާޅުވި ގޮތުގައި، "ރޮންގް ބިއާ ނާ ލެޓް ޕްރާއޯ" ޕަބުގައި ހިނގި މި ހާދިސާގައި 63 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން 22 މީހެއްގެ ހާލު ސީރިއަސް އެވެ. އަނިޔާވި ހުރިހާ އެންމެންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ޕަބް ހުންނަނީ ބެންކޮކްގެ އުތުރުގެ ވަރަށް ކާރޫބާރޫ ބޮޑު ސަރަހައްދެއްގަ އެވެ. ރޭލު ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވިފައިވާ މި ސަރަހައްދަކީ ދެ ޝޮޕިން މޯލްގެ އިތުރުން، ސިނަމާތަކާއި ބޮޑެތި ޕާކުތަކާއި އަދި ބޭރުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު "ޗަޓޫޗަކް ވީކެންޑް މާކެޓް" އާ ވެސް ވަރަށް ކައިރީގައި އޮންނަ ސަރަހައްދެކެވެ.
ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، މި ހާދިސާގެ ފުރަތަމަ ތަހުގީގުން އެނގޭ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ އެ ތަނުގެ ސީލިންގުގައި ހަރުކޮށްފައި ހުރި އެއާކޮންޑިޝަނެއްގެ އިލެކްޓްރިކަލް ޝޯޓް ސާކިޓެއްގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ