ސިހުރު ހެދުމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި
ސިހުރު ހެދުމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދުއަށް ނިސްބަތްވާ ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އެ މީހާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ކޯޓަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. އެހެންވެ، ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. https://sun.mv/224763 ފާހަގަކޮށްލެވޭ ގޮތުގައި ސިހުރުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ، ޒަމާންވީ މައްސަލައެކެވެ. އިއްޔެ ހުކުރު ޚުތުބާ ވެސް ޚާއްސަކޮށްފައިވަނީ ސިހުރުގެ ނުބައިކަމުގެ މައްޗަށް ކަމަށްވާއިރު، އެ ޚުތުބާގައި ވަނީ ހުރުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށާއި އެއީ ޝިރުކުގެ ޢަމަލެއްކަން ހަނދާންކޮށްދީފައެވެ. ސިހުރުގެ މައްސަލަތައް ތަހުގީގު ކުރުމަށް މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައި ވެސްވެއެވެ. ނަމަވެސް އެ މައްސަލަތައް ބެލުމަށް ބޭނުންވާ ގާނޫނުތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ތަހުގީގީ އިދާރާތަކަށް ވަނީ ފޯރައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ