ރައްޔިތުން ވިސްނަވާ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ހެޔޮނުވާނެ : ޤާސިމް

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ރައީސް ރައީސް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
މިރޭ އދ.ފެންފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ، ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް އެކަނި މެޖީރިޓީ ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމުގައެވެ.
"ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބެގެން ދިޔުމަކީ މައްސަލައެއް ނޫން. އެކަމަކު ހަމައެކަނި އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެންދާން، އަޅުގަނޑު ދަންނަވަނީ އެއީ ހެޔޮވާވަރުގެ ކަމެއް ނޫނޭ ކުރާކަށް. ދިވެހި ލޮބުވެތި ރައްޔިތުންނޭ ވިސްނާށޭ، އެމްޑީޕީ އަށް އެކަނި މެޖޯރިޓީ ލިބިގެން ދިޔުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫނޭ" ގާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށްވެސް މަޖިލީހުގެ ގޮނޑިތަކެއް ލިބެން ޖެހޭ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކަށް ވެސް ގޮނޑިތަކެއް ލިބެންޖެހޭ. ސަރުކާރު ޒިންމާދާރު ކުރުވުމަށް ވާހަކަދައްކާ ބައެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ތިބޭނީ އިދިކޮޅު ފަރާތްތަށް" ގާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އަންނަ އޭޕްރީމް މަހުގެ 6 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ ލިބެން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ