އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެ ނަމަ، ރާއްޖޭގައި ބުދު ފައްޅި އަޅާނެ : ގާސިމް

ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ފަރާތުން މަތިވެރި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަދި މިހާރުވެސް އެދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު އަށް ތާއީދު ހޯއްދަވައިދެއްވުމަށް އއ. ހިމަންދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ ރާއްޖޭގައި ތަފާތު ދީންތަކަށް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"މިއަދު އެމްޑީޕީއަށް ދިވެހި ރާއްޖޭގެ ޕާލިމެންޓްގެ މެޖޯރިޓީ ލިބިގެން ހިނގައްޖެ ނަމަ ކިހިނެއްތޯ ވާނީ. މި ރާއްޖޭގައި ބުދު ފައްޅި އަޅާނެ. މި ރާއްޖޭގައި ޓެމްޕަލް ހަދާނެ. މި ރާއްޖޭގައި ތަފާތު ދީންތަކުގެ މީހުން ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެ. ދެން އަޅުގަނޑުމެން ޖެހޭނީ ހަނގުރާމަ ކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވެފައިވާ އިރު، އެމްޑީޕީގެ އެޖެންޑާ 19 އަށް ތާއީދު ނުކުރާ ކަމަށްވެސް ބުނެ ޖޭޕީން ވަނީ ޕްރޮގްރެސިވް ކޯލިޝަން އާއި އެކު މަޖިލީހަށް ވާދަކުރައްވަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ