ކުރިއަށް އޮތް ދެތިން ދުވަހު 100 ވުރެ ބޭފުޅުން އެމްޑީޕީއާ ގުޅޭނެ: ރައީސް

"ކުރިއަށް އޮތް ދެތީން ދުވަހުގެ ތެރޭގައި މީގެ އެތައް ބޭފުޅުންނެއް، އަޅުގަނޑު ދަންނަވާނީ 100 ވުރެ ގިނަ ބޭފުޅުން މި ޕޯޑިއަމަށް މި ތަނަށް އަންނާނެ ކަން އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން،"
ކުރިއަށް އޮތް ދެތިން ދުވަހު 100 ވުރެ ބޭފުޅުން އެމްޑީޕީއާ ގުޅޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރޭ މާވެޔޮމަގުގައި "ހުވަދޫ ޖަގަހަ" ހުޅުވުމަަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހުންނެވި މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.އިލްހާމް، އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވުމުގެ ކުރީން ރައީސް ވިދާޅުވީ އިލްހާމްގެ އިތުރުން ވަރަށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ވަނީ ކުރިއަށް އޮތް ދެތިން ދުވަހު 100 ވުރެ ބޭފުޅުން އެމްޑީޕީއާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ."ކުރިއަށް އޮތް ދެތީން ދުވަހުގެ ތެރޭގައި މީގެ އެތައް ބޭފުޅުންނެއް، އަޅުގަނޑު ދަންނަވާނީ 100 ވުރެ ގިނަ ބޭފުޅުން މި ޕޯޑިއަމަށް މި ތަނަށް އަންނާނެ ކަން އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ސެޕްޓެންބަރު 30 ގެ އިންތިހާބާ ކުރިމަތިލާއިރު އެމްޑީޕީގެ ޓީމު އޮންނާނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައި ކަމަށެވެ. އަދި ރެއިން ފެށިގެން ކޮންމެ ރެއަކު އެމްޑީޕީގެ ޓީމު ދާނީ ވަރުގަދަ ވަމުން ކަމަށް ވިދާޅުވި އެވެ."ރެއަކަށް ވުރެ ރެއެއް، ރެއަކަށް ވުރެ ރެއެއް މި ޓީމު ވަރުގަދަ ވަަމުންދާނީ. އެއްކަލަ ބުނާހެން އެރެއަށް ވުރެ މިރޭ ޖާޑި މާ ބަރުވާނެ އިނގޭތޯ. މާ ބަރުވާނެ އެނގޭތޯ،" ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ