ގިނަ ބައަކަށް ކުރެވެމުން އައި ވަރަށް ގިނަ ފާފަތައް ކުރުން ހުޓާލެވުނަސް އަދިވެސް ބައެއް ފާފަތައް ކުރަން ޝައުޤުވެރިވެއެވެ. ޝައުޤުވެރިވެވުނުނަމަވެސް ނުކޮށް ހުންނަން ވަރަށް މަސައްކަތްވެސް ކުރެއެވެ.
ޙާލަތު ނިޔާކުރާގޮތުން އަހަރެމެންކޮންމެ މީހަކީ ވެސް މުންކަރާތްތަކަށް އަރައިގަނެވޭ މީހެކެވެ. އެހެންކަމުން އެފަދަ ކަންކަމުން ސަލާމަތްކަމަށް އެދިގެން ދުޢާކުރަންވާނެއެވެ. އެފަދަ ކަންކަމަށް އަރައިގަނެވެނީ ހިތުގައި ޝައުޤުވެރިކަން އުފެދޭތީއެވެ. ވީމާ ޝައުޤުވެރިކަން އުފެދުމުން ހިތް ސަލާމަތްކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ!
އިންސާނާއަށް މުހިންމީ ރިވެތި އަޚްލާޤެވެ. ސުވަރުގޭގެ އެންމެ މަތީދަރަޖަ އެންމެ ގިނަބައަކަށް ލިބިގެންދާނެ އެއް ޢަމަލަކީ ރިވެތި އަޚްލާޤެވެ. ވީމާ މި 3 ކަންތަކަށް އެދިގެން މިދުޢާކުރާށެވެ.
اَللّٰهُمَّ إِنِّیْ أَعُوْذُبِکَ مِنْ مُنْکَرَاتِ الْأخلاَ قِ، وَالْأعْمَالِ، وَالْأھْوَاءِ
ނުބައި އަޚްލާޤާއި ނުބައި ޢަމަލުތަކާއި ނުބައިކަންކަން ކުރަން ބޭނުންވުމުން (އެފަދަ ކަންކަމަށް ޝައުޤުވެރިވުމުން) ސަލާމަތް ކުރައްވަވައިދެއްވެވުން އެދި މިފަދައިން ދުޢާ ކުރާށެވެ! މިދުޢއަކީ އަލްތިރްމިޛީގައި ބަޔާންވެގެންވާ ޙަދީޘްފުޅެއްގައިވާ ދުޢާއެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ފާފަކުރުން ހުއްޓާލުމުންވެސް ފާފަކުރަން ޝައުޤުވެރިވެވޭނަމަ އެންމެ ފައިދާހުރި 3 ކަންތައް ހިމެނޭ މިދުޢާކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ