އުދަ އަރާނެތީ ބްރިޖުން ދަރުތުކުރާއިރު ސަމާލުވާން އިލްތިމާސްކޮށްފި
މޫސުން ގޯސްވެ، މިއަދު މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު، އެ ވަގުތުތަކުގައި ސިނަމާލެ ބުރިޖު މަތިން ސައިކަލު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.އުދަ އަރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފަ އެވެ.ފުލުހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާ ވަގުތުގައި ބްރިޖާއި ހައިވޭގައި ދަތުރުކުރުމަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.މިއަދު އެންމެ ބޮޑުދިޔަ ވާނީ ހަވީރު ގާތްގަނޑަކަށް 4ގަ އެވެ.ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ."މި ވަގުތުތަކުގައި، ދަތުރުތައް ކުރެއްވުމަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރައްވާ!" ފުލުހުން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ