އައްޑޫ ސިޓީއިން، މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިފްކޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިފްކޯއިން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވާންދެން މަރަމާތު ނުކޮށް ހުރި އެންމެ އަސާސީ މަރާމާތުތަކާއި މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް މިހާރު ވަނީ ފަށާފައެވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްކެއް ކުރަމުންނައިރު އެ ކުންފުނިން ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަމަށެވެ. މީގެއިތުރުން ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ، ދައުލަތާއި، މިފްކޯގެ އެންމެ، މުހިންމު އެއް އަމާޒުކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫއިން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑު އަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާއިރު މިފްކޯއިން ބުނީ އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މީގެއިތުރުން ގދ ތިނަދޫގައި ގާއިމު ކުރަމުން އަންނަ މަސްގަންނަ މަރުކަޒު. 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އައްޑޫ ފިޝަރީސް ކޮންޕްލެކްސްގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލައިފި މަގުބޫލު ލިޔުންތައް ގެއްލިގެން ހޯދަމުން ދިޔަ މީހާ ހޯދުމަށް ފުލުހުންނާ އެކު އޭނާ މަސައްކަތް ކޮށްފި! ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުވައްމުލަކު މީހަކު ހޯދ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ