ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓްގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރުކޮށްފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް ހުންނެވި އަބުދުލް އަހަދު ފުލުހުން ހައްޔަރުކޮށްފި އެވެ.
މާލެއަށް ނިސްބަތްވެވަޑައިގަންނަވާ އަހަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތިދުވަހު އެވެ.
ފުލުހުން ބުނީ، ކޯޓް އަމުރެއްގެ ދަށުން އަހަދު ހައްޔަރުކުރީ ކަރެކްޝަނާ ހަވާލުކުރުމަށެވެ. އިތުރު ތަފްސީލެއް އެ ނުދިނެވެ. އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބުނުގޮތުގައި އަހަދު ހައްޔަރުކުރީ ކުރިމިނަލް ކޯޓްގެ އަމުރެއްގެ ދަށުން ކަރެކްޝަނާ ހަވާލުކުރުމަށެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވި މައްސަލައެއްގައި އަހަދުގެ މައްޗަށް މީގެ އަހަރުތަކެއް ކުރި ދައުވާ އުފުލާފައިވެ އެވެ. އަދި އެ މައްސަލާގެ އަޑުއެހުމެއް ދާދިފަހުން ބާއްވާފައިވެސްވެ އެވެ. އެހެންނަމަވެސް އޭނާ ބަންދުކުރީ ސީދާ އެއް މައްސަލައިގައިކަމެއް އަދި ސާފެއް ނުވެ އެވެ.
އަހަދު ކުޅުދުއްފުށީ ކޯޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް ހަމަޖެއްސެވީ 2024 ވަނަ އަހަރުގެ މާރޗުމަހުގެ ތެރޭގަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓްގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ