އޮނާނާއާ މެދު ގޮތެއް ނުނިންމައި، ބޮޓަފޯގޯގެ ކީޕަރު ޖޯން އަށް ޔުނައިޓެޑުން ބިޑްކުރަނީ އޮނާނާއާ މެދު ގޮތެއް ނުނިންމައި، ބޮޓަފޯގޯގެ ކީޕަރު ޖޯން އަށް ޔުނައިޓެޑުން ބިޑްކުރަނީ

ސަންޓޯސް، ބްރެޒިލް (ޖުލައި 7) - މެންޗެސްޓާ ޔުނައިޓެޑުން މި ފަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގައި ބްރެޒިލްގެ ބޮޓަފޯގޯ އަށް މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު، ޖޯން އަށް ބިޑް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާރަ އަހަރު ޔުނައިޓެޑަށް ކުޅުނު ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު، މީގެ ދެ އަހަރު ކުރިން، ޔުނައިޓެޑުން ކެމަރޫންގެ ކީޕަރު، އޮނާނާގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ. ޔުނައިޓެޑުގައި އޮނާނާ ހޭދަކުރި ދެ ސީޒަނުގައި ވެސް އޭނާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނި، އޭނާ ވިއްކާލަން އެ ކްލަބުން އޮތީ ނިންމައިފައި ކަމަށް ރިޕޯޓްތައް ބުނާއިރު، އަދި ރަސްމީ ސިފައެެއްގައި އެ އަށް އަމަލުކުރާ ގޮތެއް ޔުނައިޓެޑުން ހާމަނުކުރެ އެވެ.
އެސްޓަން ވިލާ އަށް ކުޅޭ އާޖެންޓީނާ ގައުމީ ޓީމުގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް، ޔުނައިޓެޑަށް ދިއުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، އެ ޓީމުން ބިޑް ކުރަން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ޔުނައިޓެޑުން މިހާރު މަސައްކަތް ފަށާފައިވަނީ، ބޮޓަފޯގޯގެ ކީޕަރު، ޖޯން، 29، ގެ ސޮއި ހޯދުމަށް ކަމަށް ބްރެޒިލާއި ސްޕެއިނުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި، ޖޯން ވަނީ، އެތުލެޓިކޯ މެޑްރިޑާއި ޕީއެސްޖީ ފަދަ ޔޫރަޕްގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑުން، ޖޯންގެ ސޮއި ހޯދާ ކަމަށްވާނަމަ، 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ވިލާއާ އެކު، އާސެނަލްގެ ކުރީގެ ކީޕަރު، މާޓިނޭޒްގެ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތެވެ. މާޓީނޭޒް، ޕްރިމިއާ ލީގުގެ ކްލަބަކަށް ވިލާ އިން ވިއްކާލާނީ ގެނައި އަގުގައި ކަމަށްވާ 25 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުން، މާލީ ގޮތުން، ބަލާއިރު، ޔުނައިޓެޑުން މާޓީނޭޒަށް ވުރެ ބޮޑަށް ޖޯން ގެންނަން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ