ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް އެރުވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެ އެވޯޑާއި އުރީދޫގެ ފަރާތުން ހަވާލުވެލެއްވީ އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.
އުރީދޫ މޯލްޑިވްސްއަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އީޖާދީ ބަދަލުތަކެއް ގެންނަމުންދާ ކުންފުންޏެކެވެ.
ވަތަނިއްޔާގެ ނަމުގައި އުފެދުނު އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެއް ވިއުގައަކުން ގުޅާލައި އެންމެ ޒަމާނީ ފެންވަރުގައި މުއާސަލާތީ ހިދުމަތް ދިނުމެވެ.
ފާއިތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އުރީދޫއިން ވަނީ ހަމައެކަނި މޯބައިލް ހިދުމަތް ދޭ ކުންފުންޏެއްގެ ބަދަލުގައި، ޑިޖިޓަލް ހިދުމަތްދޭ ފުރިހަމަ ކުންފުންޏެއް ގޮތުގައި ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގުޅުވާލަދީފަ އެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ