ނުކުރެވޭނެ: ޝާހިދު

ނުކުރެވޭނެ! 
ރަހީނެއް ނުކުރެވޭނެ ދުލެއް
    އަސީރެއް ނުކުރެވޭނެ ހިތެއް
       ނަހީއެއް ހުއްދަވާނެ ގޮތެއް
           ޔަގީން އެކަމެއް ނުކުރެވޭނޭ!
ކިޔާޅެން ރައިވަރާ ނުކިޔަން
    ޚިޔާލާ ފިކުރު ހުއްޓާލަން
        ލިޔާ ބަނދި ފަރިހި އަޑުނާހަން 
            ބިރާ އަނިޔާ ނުކުރެވޭނޭ!
ލިޔާ ނޫހާ ތަކެތި ނުބެލުން
    ކިޔާ ފޮތް ލެއްޕުމަށް އެންގުން
        ރިޔާ ދަށުގާވެ ގޮތް ހުސްވުން
            ހިލާ ތިޔަކަން ނުކުރެވޭނޭ!
ހިޔާ ނުލިބޭ ގަހެއް ހެއްދުން
    ކިޔާ ޅެންތައް ފަރިއްސައްވުން
        ނިޔާ އަނިޔާ އެ އޮޅުވާލުން
             ވިޔާނުދައޭ ބުނެވިދާނޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ