އަދީބުގެ މެސެޖެެއް: މީ އަހަރުމެންގެވެސް ގައުމު، އެކަން ހަނދާން ކޮށްދެން

"މީ އަހަރުމެންގެވެސް ގައުމު, އެކަން ހަނދާންކޮށް ދޭ" ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު, ޕޯސްޓެއް ކުރައްވައިފި އެވެ.
ރާއްޖެއިން ބޭރުގައި މިވަގުތު ދިރިއުޅުއްވާ އަދީބު މިހެން ވިދާޅުވީ ގައުމީ ދުވަހާއި ގުޅުވާ ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި އޭނާ ވިދާޅުވީ މިގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ ދިވެހިން ބަނޑުފުރާނަ މުއްތިކޮށް ދަރަނިން ސަލާމަތްވެ ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީވޮލެޓެއް އޮތް, ގައުމުގެ އިގްތިސާދުން ހިއްސާއެއް ލިބޭ ތަނަވަސް ދިވެހި ރައްޔަތަކަށް ހެދުން ކަމަށެވެ.
‏ކާބަފައިން ކަންކުރީ އަމަލުން ކަމަށާ އިސްލާހީ މަސައްކަތޭ، މަތިގެޔާ ތިރީގެޔޭ ކިޔާ ފޮނިކަނޑާ ފޮނިވާހަތަކާ ޕޯޑިއަމްގައި ހަޅޭއްލަވާ ޅެންހަދާ އިނާމުދީ ހަފްލާތައް ބާއްވައިގެނެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޮޑުތަކުރުފާނު މި ގައުމު ސަލާމަތް ކުރެއްވީ އަމަލުން ކަމަށާ ބޭރުގެ އެހީ އާއި އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އެކުގައި ކަަމަށެވެ.
‏"..މީ އަހަރުމެންގެވެސް ގައުމެވެ، އެކަން ހަނދާންކޮށް ދެމެވެ," މިދީބުގެ އަދީބު ޖެއްސެވުމަށް އޭނާ ކުރެއްވި ޕޯސްޓްގައި ވެ އެވެ.
މޯލްޑިވްސް މާކެޓިން، ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ތުހުމަތުގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ ދެ މިލިއަންގެ ޖޫރިމަނާއެއް ވެސް އަދީބުގެ މައްޗަށް އައެވެ. ދިގު މުއްދަތުގެ ޖަލު ހުކުމް އޭނާ ސަލާމަތްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, ވެރިކަމުގެ އެންމެ ފަހު ވަގުތުކޮޅު އަދީބުގެ ޖަލު ހުކުމް ވަރަށް ބޮޑަށް ކުރުކޮށް ދެއްވާ މާފުކޮށް ދެއްވުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. އަދި ފަހުން އަނބުރާ ވަޑައިގެންފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ