މޯދީ އަކީ އިސްލާމުންގެ އަދުއްވެއް، ރާއްޖޭގެ ކަންކަމުގެ ޝަރަފު ދިނުމަކީ މުސީބާތެއް: ސަލަފުގެ ރައީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ އިސްލާމުންގެ ބޮޑު އަދާވާތްތެރި އެއް ކަމަށާ މި ރާއްޖޭގެ ކަންކަމުގެ ޝަރަފް އޭނާއަށް ދިނުމަކީ ބޮޑު މުޞީބާތެއް ކަމަށް ޖަމިއްޔަތުއް ސަަލަފުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޝެއިހް އަބްދުﷲ މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަބްދުﷲ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ އިސްލާމުންގެ ބޮޑު އަދާވާތްތެރި އެއް ކަމަށެވެ.
އެގޮތުން ބާބަރީ މިސްކިތް ތަޅާލާ މޯދީގެ ބާރުގައި އެ ތަނުގައި ފައްޅިއަޅާފައިވާ ކަމަށެވެ. އަދި މޯދީ އަކީ މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ އެތައް މުސްލިމުންނެއް އަންދާލައި އަޙްމަދުއާބާދު ގަބުރުސްތާނަށް ހެދި ޓެރަރިސްޓެއް ކަމަށެވެ.
އެހެން ކަމުން މި ރާއްޖޭގެ ކަންކަމުގެ ޝަރަފް އޭނާއަށް ދިނުމަކީ ބޮޑު މުސީބާތެއް ކަމަށް ވިދާޅުވި އެވެ.
އަބްދުﷲ މިހެން ވިދާޅުވިއިރު ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ޝަރަފުވެރި މެހެމާނަކީ މޯދީ އެވެ. އަންނަ ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާނެ އެވެ. ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ތަރައްގީގެ އެއް މަޝްރޫއު ކަމަށްވާ ވީއައިއޭ އާ ޓާމިނަލް އިފްތިތާހު ކޮށް ދެއްވާނީ ވެސް މޯދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ