ހުޅުމާލެ ފްލެޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭގެ ފްލެޓެއްގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.ފޭސް 1ގެ 'ޗައިނާ ޓައުން'ގައި ހުންނަ 94 ނަންބަރު ފްލެޓުގައި ރޯވީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ފްލެޓުގެ ދެ ވަނަ ފަންގިފިލާގައި ހުންނަ ތިން ވަނަ އެޕާޓުމެންޓުގައި ކަމަށެވެ.އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯ އިން ފެންނަނީ އެ އެޕާޓުމެންޓުގެ ކޮޓަރިއެއްގައި ހުރި ބަންކު ބެޑެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަނެވެ.މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 1 ގެ ގުދަނެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ