ފައިސާ ޚަރަދުކުރުމުން ގަނެވޭ ލޯބީގެ ބުރަދަން ވަރަށް ކުޑަ! އެހެން މީހުންނަށް އެހީތެރިވުމުން ލިބޭ ލޯބީގެ ބުރަދަން އެތައް ގުނައަކަށް ބޮޑުވެގެންދޭ!

މީހުންނަށް އެހީތެރިވެދޭން އޮތް ހަމައެކަނި ގޮތަކީ ފައިސާ ޚަރަދުކުރުމެއް ނޫނެވެ! އެމީހާއަށް ނުކުރެވިގެން އުޅޭ ކަމެއް ކޮށްދިނުމަކީވެސް ނުވަތަ އެކަމަށް އެހީތެރިވުމަކީވެސް އޭނާއަށް އެހީތެރިވެދޭން ކުރެވިދާނެ ކަމެކެވެ.
ފައިސާ ހުރިނަމަ އެމީހަކު ބޭނުންވާ އުފާވެރިކަން ހޯދޭނެ ކަމަށް ވިސްނެމުން އައި އައުން މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ!
ފައސާއިން އުފާވެރިކަން ނުހޯދޭނެ ކަމަށް ނުވަތަ ޙާޞިލު ނުކުރެވޭނެކަމަށް ބުނުމުން ގިނަބައަކު ދެކޮޅުހަދާނެއެވެ. އެފަދަ މީހުން ބުނާނީ ފައިސާ ދީފައި އުފާވެރިކަން ނުގަނެވޭނެ ސަބަބެއް ނެތް ކަމަށެވެ!
ޙަޤީޤަތަކީ ބައަކު ދެކޮޅުހެދިނަމަވެސް ފައިސާހުރިނަމަ ފައިސާ ޚަރަދުކޮށްފައި އުފާވެރިކަން ނުގަނެވޭނެ ކަމެވެ. އެތައް ހާސްބައަކު ކޮންމެ ދުވަހަކު އެގެންދަނީ އެކަން ޔަޤީންކުރަމުންނެވެ.
ފައިސާ އަތުގައި ހުރެ ޚަރަދުކުރުމުން ބަދަލުގައި ކޮންމެވެސް މިންވަރެއްގެ އުފާވެރިކަމެއްވެސް ހިތަށް ލިބިދާނެއެވެ. ނަމަވެސް ޙަޤީޤީ އުފާވެރިކަން ޙާޞިލެއް ނުކުރެވޭނެއެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ފައިސާ ޚަރަދުކުރުމުން ގަނެވޭ ލޯބީގެ ބުރަދަން ކުޑަކަމެވެ. ނަމަވެސް އެހެން މީހުންނަށް އެހީތެރިވުމުން ލިބޭ ލޯބީގެ ބުރަދަން އެތައް ގުނައަކަށް ބޮޑުވެގެންދާކަމެވެ.
މިކަމަކީވެސް އެކިފެންވަރުގައި ދިރާސާތައް ކުރެވިފައިވާކަމެކެވެ. އެކަމުގެ ނަތީޖާ އެންމެން ވެސް ޤަބޫލުކުރާ ކަމެކެވެ. ކަންހިނގަނީ މިބުނި މަގުންކަމަށް ގިނަބައަކު އިއްތިފާޤްވާކަމެކެވެ.
މިކަމުގައިވެސް ފޮރުވިފައިވާ ޙިކުމަތަކީ މީސްތަކުންނަށް އެންމެ މުހިންމީ އެހެން މީހުންނަށް އެހީތެރިވުންކަމެވެ. މީސްތަކުންނަށް އެހީތެރިވުމުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ މަތިވެރިކަމެވެ. ނިޢްމަތްތަކެވެ. އުފާވެރިކަމުގެ ބޮޑުކަމެވެ.
ވީމާ ބޮޑަށް އުފާވެރިކަން ލިބެން އެދޭމީހާއަށް އޮތީ ގިނަގިނައިން އެހެން މީހުންނަށް އެހީތެރިވުންކަން މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުގެ އެހީގައި މުސްލިމުން ނޫން މީހުންނަށްވެސް މިހާރު ޔަޤީންކުރެވޭނެއެވެ. މުސްލިމުން މިތިބީ އަބަދުވެސް އެކަން ޤަބޫލުކޮށްގެންނެވެ!
--އުސްތާޛާ ޔާސްމިން މޮގަހިދްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ