މިއީ މިނިވަން ގައުމެއް؛ މިނިވަންކަމާ އެކު ވޯޓުދީ: މައުމޫން

މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި އެ މީހަކު ބޭނުންވާ ގޮތަކަށް މިނިވަންކަމާ އެކު ވޯޓުދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މިއަދު ތިން ވޯޓެއް ކުރިއަށް އެބަދެ އެވެ. އެއީ:
ކައުންސިލުތަކުގެ އިންތިހާބު 
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު 
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު
ބުނީ ކީކޭ؟ - އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށް ފަހު މައުމޫން މީޑިއާތަކާ ބައްދަލުކުރައްވާ ވަރަށް ކުރުކޮށް ވާހަކަދައްކަވަމުން ހަމައެކަނި ކުރެއްވި އިލްތިމާސަކީ މިނިވަންކަމާ އެކު ވޯޓުދިނުމަށެވެ.
"އަޅުގަނޑު އާންމުންނަށް ދޭން ބޭނުންވާ މެސެޖަކީ ރާއްޖެއަކީ ޑިމޮކްރެޓިކް ގައުމެކޭ. ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ގޮތަކަށް، ގާނޫނީ އިމުގެ ތެރޭން އަމަލުކުރުމުގެ އިހުތިޔާރު އޮންނާނޭ. މިއީ މިނިވަން ގައުމެކޭ، މިނިވަންކަމާ އެކު ވޯޓުދެއްވާށޭ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ