އުލިގަމު ހިމެނޭހެން ތިން ރަށެއްގެ މަގު ހަދަން ހަވާލުކޮށްފި

ހއ. އުލިގަމު ހިމެނޭހެން ތިން ރަށެއްގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާޢިލް ހަޙަމީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމް އެވެ.ހައުސިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ ގއ. ވިލިނގިލީގެ މަގު ހެދުމުގެ 3 ވަނަ ފިޔަވައްސާއި، ހއ. އުލިގަމު އަދި ރ. މާކުރަތުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ