ހިޔާ ފުލެޓެއްގައި ރޯވެ، އަނދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ރޯވެއްޖެއެވެ. 
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެޗް-5 ގައި ހުންނަ އެޕާޓްމަންޓެއްގައެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ 14 ވަނަ ފަންގިފިލާގައެވެ. އަލިފާން ރޯވުމާއި ގުޅިގެން އެ ޓަވަރުގައި ދިރިއުޅެމުންދާ ބައެއް މީހުން ވަނީ ތިރިއަށް ފައިބާފައެވެ. 
އަދި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެ ަސަރަހައްދުގައި ހުރި ވޮއިސް ގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ