އެއިރު ކައިވެންޏަށް އަދި މަސްދުވަސްވެސް ނުވެއެވެ. ބައިވެރިޔާ ރޭގަނޑު ގެއަށް އައުން ލަސްވާން ފަށައިފިއެވެ. ހަފްތާއެއްހައި ދުވަސްވުމުން އެކަމަށް ބަހެއް ބުނީމާ ބުނީ މިއީ ތިބާ މިކަމަށްވެސް ފަރިތަކުރުވަން ކުރާ ކަމެއް ކަމަށެވެ.
އެގޮތަށް އިތުރު އެއްހަފްތާ ފާއިތުވުމުން އަހުރެންވެސް ގެއްލެން ފެށީމެވެ. ފިރިމީހާ އޮފީހުން އަންއިރު ގެއަކު ނުހުންނަމެވެ. ނުވެސް ކައްކަމެވެ. ގެއަށް ވަންނަނީ ފިރިމީހާ ގެއަށް އަންނަތާ ގަޑިއެއްހާއިރު ފަހުންނެވެ.
ފިރިމީހާއަށް ކެތްކޮށްލެވުނީ 2 ދުވަހުއެވެ. 3 ވަނަ ދުވަހު ފުންމައިގެންފިއެވެ. ލޯބިވެރިއަކު ހޯދައިގެން ބޭރަށްދާކަމަށް ތުހުމަތުކޮށްފިއެވެ. އަންނައިރަށް ކާންހަދާފައި ނުހުންނަކަން ބޮޑު މައްސަލައަކަށް ވެއްޖެއެވެ.
ޖަވާބުގައި ބުނީމެވެ. އަހުރެންނާއިމެދު ތިއަކުރި ޝައްކު އަހުރެންގެ ހިތުގައި ނުއުފެދޭނެކަމަށް ހީކުރަނީހެއްޔެވެ؟ އަހުރެންގެ މިއޮތީ އެއްވެސް އަސަރެއް ނުކުރާނެ ދަގަނޑުން އޮތް ހިތެއް ހެއްޔެވެ؟ އެކަމަކު ބުނަން ހެއްޔެވެ؟ އަހުރެން އަދި ބޭރަކަށް ނުދަމެވެ. މިއިންނަނީ ކުރިމަތިން ހުރި ފްލެޓުގައެވެ. ޝަޒީލާއާއި ވާހަކަދައްކާށެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެކުގައި ދިރިއުޅެވޭނީ ދެމީހުންވެސް އެއްގޮތަކަށް އުޅެގެންނެވެ. އެހެންވީމާ ތިބާވެސް ކަންކަމަށް ފަރިތަކުރުވަން އިތުރު ފިލާވަޅުތައް ދެމުން ގެންދާނަމެވެ. ދަސްކުރަމުން ގެންދާށެވެ. ދެން ތިއަދެއްކީ ކާންހަޑާފައި ނުހުންނަ ވާހަކައެވެ. އަނބިމީހާގެ މަސްއޫލިއްޔަތަކީ ކެއްކުމެވެ. ތިބާ ގެއިން ކެއުން މަދުކުރިމާ ކައްކާ އެއްޗެތި ހުހެއް ނުވެއެވެ. ފުރިޖްގައި ހުންނާނެއެވެ. އަހުރެންގެ ބައި އަހުރެން ހުސްކުރާތީ މިހާރު ކައްކަނީ އަހުރެންނަށްވާވަރަށެވެ. ފްރިޖުގައި އެހުރި ތިބާގެ ބައި ހުސްކުރީމާ ތިބާއަށް ކައްކައިދޭނަމެވެ. ކައްކަކައްކާފައި އުކާކަށް ނުކައްކާނަމެވެ. އިބިލީހުގެ އުޚުތަކަށްވާކަށް ބޭނުމެއް ނޫނެވެ."
ޖަވާބުގައި ފިރިމީހާ ބުނީ އެންމެ ޖުމުލައެކެވެ. "އެކުވެރިންގެ ބަސް ޤަބޫލުކުރެވުނީއެވެ." އެކަމަކު އެދުވަހުގެ ފަހުން ޢަމަލުތައް އިޞްލާޙްކުރިއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭނެ ޙަޤީޤީ ގުޅުން ބާއްވައިގެން ދިރިއުޅެން ފެށިއެވެ.
އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ ތަޖުރތިބާއެވެ. ދެމަފިރިންގެ ދިރިއުޅުމުގައި ޖެހުނު މައްސަލަ ޙައްލުކުރެވުނު ގޮތެވެ. އަޅުގަނޑު ބުނާނީ މިފަދަ މައްސަލަތައް ކުރިމަތިވާނަމަ ޙައްލުކުރަން މަސައްކަތްކުރުން އަވަސްކުރާށެވެ. ލަސްކުރާވަރަކަށް ކަންކަން ޑާނީ ގޯހުން ގޯހަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ފިރިމީހާ ގެއަށް އައުން ލަސްވުމާ ގެއިން ކެއުން މަދުކުރުމުގެ މައްސަލަ ޙައްލުކުރަން އަނބިމީހާ ހެދި ކާމިޔާބު ފަންޑިތަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ