ލަރިޖާނީ އަވަހާރަކޮށްލުމުގެ ބަދަލު އީރާނުން ހިފައިފި

އީރާންގެ ގައުމީ ސަލާމަތާބެހޭ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލުމުގެ ބަދަލު އީރާނުން ހިފައިފި އެވެ.
އިޒްރޭލުން ދިން ހަމަލާތަކެއްގައި އަލީ ލަރިޖާނީގެ އިތުރުން އީރާންގެ ބަސީޖު މިލީޝިއާގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީވެސް އަވަހާރަވިކަން އީރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނީ ލަރިޖާނީ އާއި އޭނާގެ ބައިވެރިން އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުގެ މެދުތެރޭގައި ހުރި އަސްކަރީ އަދި ސަލާމަތީ 100 އަށްވުރެ ގިނަ އަމާޒުތަކަށް ކާމިޔާބުކަމާއެކު މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.
އިޒްރޭލުގެ ޒަމާނީ ދިފާއީ ނިޒާމުތައް ބަލިކަށިވެފައިވުމުން އީރާނުގެ ހަމަލާ އޭގެ އަމާޒަށް ވާސިލުވި ކަމަށްވެސް އީރާނުން ބުނެ އެވެ.
މި ބަދަލުހިފުމުގެ ހަމަލާތަކުގައި ޚުއްރަމްޝަހަރު 4، ގަދްރު، އިމާދު އަދި ޚައިބަރުޝަކާން މަރުކާގެ މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ