ނ. އަތޮޅުގައި ތަރައްގީ ކުރަން ނިންމާފައިވާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.
އެ މަޝްރޫޢުގެ ބިންގާ އަޅުއްވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން، އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއުވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު 11 ގަ އެވެ.
މަޝްރޫއު ކުރިއަށްގެ ގެންދަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގަ އެވެ.
މިއީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު 12.2 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމެންޓެކެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާޗްގައި ފަށައޮ މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް އޮތީ ނިންމައިފަ އެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް 2028 ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށް އަމާޒު އޮތީ އަމާޒު ހިފައިފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ މަޝްރޫއު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއަކަށް ވާނެ ކަމަށެވެ.
'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' ގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ