ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގަމުން އަންނަ ފީތައް ކުޑަކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރުމަށް އަމަލު ކުރަމުން ގެންދާ "ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިސްތިގާލީ އުސޫލު" ބަޔާންކުރާ ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުން ގެންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓެގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށީގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓެގަރީ ފީ 50 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ނަގާ ފީތައް ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ