ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރު

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅު އިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން، ހިޓާޗީ ބްރޭންޑުގެ ރެފްރިޖަރޭޓަރުތަކަކީ މިއަދު ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް އުފެއްދުމެވެ. ފާއިތުވި 25 އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި، ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ.
ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފްރިޖަރޭޓަރު މިހާ ބޮޑަށް މަޤުބޫލުވެފައިވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ހޫނުމިނާއި މާހައުލާ ގުޅޭގޮތަށް، ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭފަދަ މޮޅު ފެންވަރަކަށް އުފައްދާފައިވާތީއެވެ. އެގޮތުން، މީގެ 25 އަހަރު ކުރިން ބޭނުންކުރަން ފެށި ބައެއް ރެފްރިޖަރޭޓަރުތައް އަދިވެސް ބައެއް ގޭގޭގައި ބޭނުންކުރަމުންދާކަމީ މި ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.
ހިޓާޗީ ރެފްރިޖަރޭޓަރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ އުފެއްދުންތަކެކެވެ. މީގެތެރޭގައި، ކަރަންޓު ޚަރަދު ކުޑަކޮށްދޭ 'އިންވާޓާ' ޓެކްނޮލޮޖީއާއި ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށް އެހީތެރިވެދޭ 'ވެކިއުމް ކޮމްޕާޓްމަންޓް' ފަދަ ސިފަތައް ހިމެނެއެވެ. މީގެއިތުރުން، ތަފާތު ސައިޒުތަކާއި ކުލަތަކުގައި ލިބެން ހުރުމަކީ ކޮންމެ ކަހަލަ ބަދިގެއަކާވެސް ގުޅޭ، ފުރިހަމަ ފަރުމާތަކެއް މި ބްރޭންޑުން ލިބިގެންދާ ސަބަބެކެވެ.
ހަމައެހެންމެ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، ހިޓާޗީ ވަނީ އެ ބްރޭންޑުގެ ވަރުގަދަ ނަން ދަމަހައްޓާފައެވެ. މިއަދު ދިވެހި ކޮންމެ ޢާއިލާއަކުންވެސް އާ ރެފްރިޖަރޭޓަރެއް ގަންނަން ބޭނުންވާއިރު، އެންމެ ފުރަތަމަ ލިސްޓަށް އަންނަނީ ހިޓާޗީގެ ނަމެވެ. އެއީ އޭގެ ފެންވަރާއި، އިތުބާރާއި އަދި ޒަމާނީ ވަސީލަތްތަކުގެ ސަބަބުންނެވެ.
މީގެއިތުރުން، ދުނިޔޭގައިވެސް ނަން މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ރެފްރިޖަރޭޓަރުތަކަކީ، އޭގެ ޑިޒައިންއަށާއި އެކި ސިފަތަކުގެ ސަބަބުން ގިނަ އެވޯޑްތައްވެސް ހާސިލްކުރަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން، ހިޓާޗީގެ 'ސްކައިލައިން ސައިޑް ބައި ސައިޑް' ރެފްރިޖަރޭޓަރަށް ވަނީ 'އައި އެފް' ގެ ޑިޒައިން އެވޯޑް ލިބިފައެވެ. އަދި 2025 ވަނަ އަހަރު ރީޑަރޒް ޑައިޖެސްޓް ޓްރަސްޓެޑް ބްރޭންޑް ގެ ގޯލްޑް އެވޯޑްވެސް ލިބިފައި ވަނީ ހިޓާޗީ ރެފްރިޖަރޭޓަރަށެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ބެލިކަމުގައިވިޔަސް، ހިޓާޗީއަކީ ހަމައެކަނި ބްރޭންޑެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ. އެސްޓީއޯ އިން ބުނީ، މި ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ